އެންމެ ފަހުގެ
ވައްކަމުގެ ހާދިސާއެއް ހިނގައިފި
ލިޔުނީ: ޢަލީ ޙާފިޡް / ޗަނބޭލީގެވައްކަމުގެ ހާދިސާއެއް ހިނގައިފި
ލިޔުނީ: ޢަލީ ޙާފިޡް / ޗަނބޭލީގެދަރިވަރުންނަށް ނަޞޭޙަތެއް
by އަހުމަދު ރިޔާޒު / އުތީމުޚަބަރު»
ވައްކަމުގެ ހާދިސާއެއް ހިނގައިފި
16 މޭ 2012 (ބުދަ)-
ފިނޭ ކައުންސިލުން ދިރޭކުދި މަސް ހަދިޔާކޮށްފިއުތީމުގައި އޮތް ތާރީޚީ ވެވުގައި މަދިރިފަނި އާލާވުން ހުއްޓުވުމަށްޓަކައި،...ލިޔުނީ: ޢަލީ ޙާފިޡް / ޗަނބޭލީގެ | ތާރީޚް: 15 މޭ 2012 (އަންގާރަ)
-
އެމް.ޓީ. އެމްގެ ކުލަބުތަކާ ޕީޓީއޭ އިފްތިތާޙު ކުރުމުގެ ޖަލްސާ ބާއްވައިފިއުތީމު މަދަރުސަތުއް ސުލްޠާނު މުޙައްމަދުތަކުރުފާނުލް އަޢުޒަމުގެ...ލިޔުނީ: އަހުމަދު ރިޔާޒު / އުތީމު | ތާރީޚް: 9 މޭ 2012 (ބުދަ)
-
އައު ޓަވަރެއްކައުންސިލް އިދާރާއިން ރައްޔިތުންނަށް ޢާންމުކޮށް އަންގަންޖެހޭ...ލިޔުނީ: ޢަލީ ޙާފިޡް / ޗަނބޭލީގެ | ތާރީޚް: 6 މޭ 2012 (އާދީއްތަ)
އެންމެފަހުގެ ލިޔުންތައް
ވައްކަމުގެ ހާދިސާއެއް ހިނގައިފި
ހއ. އުތީމު ފިނިރޯޅީގައި ހުރި ފޮއްޓެއްގެ ތަޅު ހަލާކުކޮށްލައިގެން ފައިސާތަކެއް ވަގަށް ނަގައިފިއެވެ. ފޮށި ހަލާކުކޮށްލާފައިވާކަން ފިނިރޯޅީގެ ވެރިފަރާތް ޢުމަރު އާދަމް “ޢުމަރުބޭ” އަށް އެނގުނީ އިއްޔެގެ މެންދުރުފަހުގެ ވެގުތެއްގައެވެ. ގާތްގަނޑަކަށް 17 ހާސް ދިވެހި ރުފިޔާގެ މިވައްކަމުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުން އިއްޔެގެ ވަގުތެއްގައި އައިސް ޢުމަރުބެއާ ސުވާލުކޮށްފައިވެއެވެ. ޢުމަރުބެއާ ޙަވާލާދީ ޢާންމު ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި ޝައްކުކުރެވޭ އެއްވެސް ފަރާތެއްގެ ނަން ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ. [...]
ފިނޭ ކައުންސިލުން ދިރޭކުދި މަސް ހަދިޔާކޮށްފި
އުތީމުގައި އޮތް ތާރީޚީ ވެވުގައި މަދިރިފަނި އާލާވުން ހުއްޓުވުމަށްޓަކައި، އެ ވެވަށް ލުމަށް ދިރޭ ކުދި މަސް ހދ. ފިނޭ ކައުންސިލުން ހަދިޔާކޮށްފިއެވެ. މި މަސްތަކާއި ޙަވާލުވުމަށް ހަނދާނީ މަރުކަޒުން މިދިޔަ އާދީއްތަ ދުވަހު ފިނެޔަށް ކުރި ދަތުރުގައި ފިނޭ ކައުންސިލުންވަނީ ވަރަށް ހޫނު މަރުޚަބާއަކީ މެމްމާންދާރީއެއް އަދާކޮށްފައެވެ. މަސްތައް ހަދިޔާކުރުމަށްފަހު ފިނޭކައުންސިލާއެކު ހަނދާނީ މަރުކަޒުގެ މެމްބަރުންވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފިނޭކައުންސިލުން ވެދެއްވި އެހީތެރިކަމާ ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާ އެކަމަށްޓަކައި ހަނދާނީ މަރުކަޒުގެ ފަރާތުން [...]
އެމް.ޓީ. އެމްގެ ކުލަބުތަކާ ޕީޓީއޭ އިފްތިތާޙު ކުރުމުގެ ޖަލްސާ ބާއްވައިފި
އުތީމު މަދަރުސަތުއް ސުލްޠާނު މުޙައްމަދުތަކުރުފާނުލް އަޢުޒަމުގެ 2012 ވަނައަހަރުގެ ޕީޓީއޭއާއި ކުލަބުތައް އިފްތިތާޙުކުރުމުގެ ޖަލްސާ މިދިޔަ ހޯމަދުވަހުގެރޭ ބާއްވައިފިއެވެ. މިޖަލްސާގައި ޕީޓީއޭއާ ކުލަބުތައް އިފްތިތާޙު ކުރުމާ ޕްރިފެކުޓުން ހުވާކުރުމާ ދަރިވަރުންގެ އެންމެއިސްމަޤާމުތަކަށް ޝޭސް ހަވާލުކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މިމަދަރުސައިގާ އަލަށް ހަވާލުކުރެވުނު ޝެސް ހަވާލުކުރެވުނު މަޤާމުތަކަކީ ސްކޫލުކެޕްޓަނަށާއި ޑެޕިއުޓީ ކެޕްޓަނުންނަށާއި ހައުސްތަކުގެ ކެޕްޓަނުންނަށެވެ. ހޯމަދުވަހުގެރޭ 20:30 ގައި ފެށިގެންދިޔަ މިޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް ޢަބުދުއްލަޠީފު އިބްރާހީމުއެވެ.
އައު ޓަވަރެއް
ކައުންސިލް އިދާރާއިން ރައްޔިތުންނަށް ޢާންމުކޮށް އަންގަންޖެހޭ ބައެއް އެންގުންތައް އެންގުމަށާ އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާއި ޢާންމު ފަރުދުންގެ އެކިއެކި އެނައުންސްމަންޓްތައް ދިނުމަށް ކުރިން ބޭނުންކުރަމުން އައި އެންޓަނާ ނަގާ އެއް އެންޓަނާގެ ބަދަލުގައި ޓަވަރެއްޖަހާ އެ ޓަވަރުގެ ބޭނުން ކުރަން ފަށައިފިއެވެ. ގިނަ ބަޔެއްގެ ޝަކުވާއަކަށްވެފައި ވާ، އެނައުންސް މަންޓުތަކުގެ އަޑު ނީވުމުގެ މައްސަލައަށް ޙައްލެ ހޯދުމަށްޓަކައި އަލަށް މި ބެހެއްޓި ޓަވަރުގައި ގާތްގަނޑަކަށް 40 ފޫޓް ހުންނާނެކަމަށް ލަފާކުރެވެއެވެ. ކުރިން 2 ތާޅަފިލީގެ ބޭނުންކޮށްގެން [...]
އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން އުތީމުގައި ހުރި އާޘާރީ ތަންތަނުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެގޮތް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާ މި މަސައްކަތުގައި އާޘާރީ ތަންތަން ޑޮކިއުމެންޓް ކުރުމާ މަރާމާތު ކުރުން ހިމެނެއެވެ. އެގޮތުން ވެވު އިތުރަށްކޮނެ ސާފުކޮށް އަދި ވެވު ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް ދަންނަވަންވީ ފަރާތްތަކުގައި ދެންނެވުން ހިމެނެއެވެ. މިހާރު ކުރެވެމުންދަނީ ކަނދުވަލު މިސްކިތުގެ [...]
މަދިރި ރުޅި ރުޅި ކެމްޕޭން ފަށައިފި
ޑެންގޫ އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ކުރިއަށް ގެންދާ “މަދިރި ރުޅި ރުޅި” ކެމްޕޭން އިއްޔެ އުތީމުގައި ފަށައިފިއެވެ. ރަށުގައި މިވަގުތު ތިބި ޒުވާނުން ތިންބަޔަކަށް ބަހާލައިގެން މިދިޔަ ހަފްތާ ބަންދުގައި ހިންގި ޕްރޮގްރާމުގައި ގޭގެއަށް ޒިޔާރަތްކޮށް މަދިރި އާލާވާ ފަދަ ތަންތަން ހުރިތޯބަލައި އެފަދަ ތަންތަން ނައްތާލުމަށް ނަސޭހަތްތެރިވެފައިވެއެވެ. އެގޮތުން ގޭގޭގެ ވަޅު، ދިޔަދޮވި، ފެންތާނގީ އަދި ގަސްމުށިފަދަ ތަކެތި ބަލާފައިވެއެވެ. 12 ހަފްތާއަށް ދެމިގެންދާ މި ކެމްޕޭނުގައި ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވިސްނަވައެވެ.
ކައުންސިލުން ބޭއްވި މި އަހަރުގެ ފުރަތަމަ ބައްދަލުވުން
27 މާރޗް ހުކުރު ދުވަހުގެރޭ 9:00 ގައި ހަނދާނީ މަރުކަޒުގެ ހޯލުގައި ކައުންސިލްގެ ފަރާތުން ރައްޔިތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މިދިޔަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ކުރި ދަތުރުގެ މަޢުލޫމާތު ދެއްވިއެވެ. އަދި ރަށުގެ އިޖުތިމާޢީ ބައެއް މައްސަލަތަކާ ބެހޭގޮތުންވެސް ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން މިހާރު މުޅި ރާއްޖޭގައި ހިނގަމުންދާ “މަދިރި ރުޅި ރުޅި” ކެމްޕޭނުގެ މަޢުލޫމާތުވެސް ދެއްވިއެވެ. ބައްދަލުވުން ނިންމަވާލެއްވީ ޑެންގޫ ހުމާ ބެހޭގޮތުން [...]
ގަނޑަވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ގަނޑުވަރު ބަންދުކޮށްފި
ގަނޑުވަރާ ކަނދުވަލު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށްޓަކައި އުތީމު ގަނޑުވަރާ ކަނދުވަލު މިސްކިތް ބަންދުކޮށްފިއެވެ. މި ދިޔަ މަހުގެ 16 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ބޭފުޅުންނާ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުވައްޒަފުން ކުރަން ފެށު މި މަސައްކަތް ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައިވެސް ނިންމާލެވޭނެކަމަށް ޤަބޫލް ނުކުރައްވާކަމަށް މަސައްކަތް ކުރާ ފަރާތުން ވިދާލުވިއެވެ. މިހާރު މި މަސައްކަތް އިސްވެ ކުރައްވަނީ ހަނދާނީ މަރުކަޒުގެ 2 ގައިޑުންނާ، ސުޕަވައިޒަރެވެ. މީގެ އިތުރުން ހަނދާނީ [...]
އިނގިރޭސި ހަފްތާ ފާހަގަކޮށްފި
މަދަރުސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގެ 2012 ވަނައަހަރުގެ އިނގިރޭސި ހަފްތާ ފާހަގަކޮށްފިއެވެ. ބުރާސްފަތިދުވަހުގެރޭ 8:00 މިނެޓުގައި ކީރިތިޤުރުނުގެ ބަރަކާތުން ފެށުނު މިހަފްލާ ފައްޓަވައިދެއްވީ އުތީމު ރަށުކައުއްސިލުގެ ރައީސް އަސްރާރު އާދަމްއެވެ. ތަފާތު މުބާރާތްތައް ހިމެނިގެން ދިޔަ މިހަފްތާގައި މަދަރުސާގެ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައި ވެއެވެ. ބުރާސްފަތި ދުވަހުގެރެއާ ހުކުރުދުވަހުގެ މެންދުރުފަހު 2:30 ގައިވެސް ކުރިއަށްދިޔަ މިމުބާރަތްތައް ކުރިއަށްދިޔައީ މަދަރުސައިގެ ހައުސަތައް ވާދަކުރާގޮތަށެވެ.
ދަރިވަރުންނަށް ނަޞޭޙަތެއް
ކިޔަވާ ނިކަން މޮޅުވުން މިއީ ފަހިވާ އެތައް ފުރުޞަތުތަކެއް ކިޔަމަންތެރިވެ ޤައުމުގެތެރޭ އުޅެވެންލިބޭ ފުރުޞަތުތަކެއް ޢިލްމުންލިބޭ ނުމެދާނެޔޭ ގެންލެނިވެގެން ދުނިޔޭންތިބާ ސިލްމާސަލާމަތްކަންމަތީ އުޅުމަށްލިބޭ ފުރުޞަތުތަކެއް ޖާހިލުކަމާ ބޯހަރުކަމަށް ނިމުމެއް ލިބޭނީ ޢިލްމަކުން ތާހިރުވި ދިރިއުޅުމަށް ތިބާ ގެންގޮސްދެނިވި ފުރުޞަތުތަކެއް މީހާ ނިކަން މޮޅުމީހަކަށް ވާނީ ލިބޭ މޮޅު ޢިލްމަކުން ވީހާއަވަހަކަށް މޮޅުތިމާ ވެވުމަށް ލިބޭ ފުރުޞަތުތަކެއް އިންސާނުނާ ހައިވާނުނާ ވަކިކޮށްދެނީ ޢިލްމުންލިބޭ އިންސާފުއެނގި [...]








